ކޮރޯނާވައިރަސް: މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކޮށް އެކްސަސައިޒެއް

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅޭ ފުލް ސްކޭލް އެކްސަސައިޒެއް މިއަދު މާލޭ ސިޓީގައި ކުރިއަށްގެންދަނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮޮށްފިއެވެ.

އެ އެޖެންސީއިން ބުނީ ކޮރޯނާ ރެސްޕޮންސްއަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިއަދު 12:30 އިން 3:30 އަށް މާލޭ ސިޓީގައި ފުލް ސްކޭލް އެމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މި ހަރަކާތް މާލޭގެ ތިން ސަރަހައްދެއްގައި ކުވރިއަށްގެންދަން ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެ އިދާރާއިން ބުނީ އެކްސަަސައިޒް ކުރިއަށްދާއިރު އެ ސަރަހައްދުތަކަށް ވަދެ ނިކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާ ކަމަށާއި އެކްސަސައިޒްތައް ކުރިއަށްދާއިރު ގުޅުންހުރި މުއައްސަސާތަކުން ދޭ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށްވެސް އެދޭ ކަމަށެވެ.

މީގެ ކުރިންވެސް އެޗްޕީއޭއިން ވަނީ ކޮވިޑް އާ ގުޅިގެން މާލޭގައި އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އިއްޔެ މާލޭ ސިޓީ ކައުންސިލާއި ކަމާބެހޭ ފަރަތްތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލުން ބުނީ ލޮކްޑައުން ހާލަތަކަށް ދާންޖެހިއްޖެނަމަ އެކަމަށް މާލެ ސިޓީ ތައްޔާރު ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް