ކޮރޯނާވައިރަސް: އަގުހެޔޮ ނަތީޖާ އަވަހަށް ލިބޭ ޓެސްޓް ކިޓްތަކެއް އުފައްދައިފި

ކޮވިޑަށް ލެބެއްގައި ޓެސްޓްކުރަނީ--

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓްކުރެވޭ ކިޓްތަކެއް، އެންމެ ތިން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ބަންގްލަދޭޝްއިން އުފައްދައިފި އެވެ.

އެ ކިޓުން ކޮރޯނާވައިރަހަށް 15 މިނެޓް ތެރޭ ޓެސްޓްކުރެވޭނެކަމަށްވެސް އެ ސައިންޓިސްޓުން ބުނެ އެވެ.

ބަންގްލަދޭޝްގެ ބޭސްތަކަށް ހުއްދަދޭ އެގައުމުގެ އިދާރާ ދަ ޑިރެކްޓާ ޖެނެރަލް އޮފް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ އެ ކިޓްތައް ގިނަ އަދަދަކަށް އުފެއްދުމަށް ފެހި ސިގްނަލް ދީފަ އެވެ.

ބަންގްލަދޭޝްއިން ތައްޔާރުކުރި ޓެސްޓްކިޓްތަކުން ކޮވިޑް ދެނެގަންނަނީ އެންޓިބޮޑީތަކުގެ މައްޗަށެވެ. ނަމަވެސް އާންމުކޮށް ސްޓޭންޑަޑް ޓެސްޓްތަކުގައި ކޮވިޑްއަށް ޓެސްޓްކުރަނީ ވައިރަސްގެ ޖީނޯމްއަށް ބަލައިގެންނެވެ. އެހެންކަމުން ބަނގުލަދޭޝްއިން ތައްޔާރުކުރި ކިޓްތަކުން އެންމެ ފުރިހަމަ ނަތީޖާ ނުލިބިދާނެކަމަށްވެސް ބައެއް ސައިންސްވެރިން ދަނީ ބުނަމުންނެވެ.

ބަންގްލަދޭޝްގެ އާބާދީ 180 މިލިއަނަށް އަރާއިރު އެގައުމުގައި މިހާތަނަށް ކޮވިޑްއަސް ޓެސްޓްކުރަން ހުރީ އެންމެ 1732 ކިޓްކަމަށް އެގައުމުގެ މަޝްހޫރު ދުވަހު ނޫހަކުން ވަނީ ދާދި ފަހުން ބުނެފައިވެ އެވެ.

ބިޒްނަސް ސްޓޭންޑާޑްއިން ދާދި ފަހުން ކުރި ރިޕޯޓްއެއްގައި ބުނީ ބަންގްލަދޭޝްގެ ސަރުކާރުގެ ފަސް ހޮސްޕިޓަލްގައި ކޮވިޑްއަށް ފަރުވާ ދޭން ތައްޔާރީ ހާލަތަށް ގެނެސްފައިވަނީ އެންމެ 29 އައިސީޔޫ އެނދު ކަމަށެވެ. އަދި ކޮވިޑްގެ ކިރިޔާ އަލާމާތެއް ފެނުނަސް އެގައުމުގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން މީހުން އެޑްމިޓްނުކޮށްދޭ ކަމަށްވެސް ރިޕޯޓްގައިބުނެފައިވެ އެވެ.

comment ކޮމެންޓް