އިޖްތިމާއީ ގައިދުރުކަމަކީ ކޮބާ؟

މުޅި ދުނިޔެއަށް އާންމުވެފައިވާ، ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާ އެކީގައި މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ "ސޯޝަލް ޑިސްޓެންސިން" ނުވަތަ އިޖްތިމާއީ ގައިދުރުކަމެވެ. މިއީ ބީރަށްޓެހި ލަފްޒެކެވެ. ނަމަވެސް މީގެ ކުރިން ދުނިޔެ ދެކިފައިވާ ބޮޑެތި ބަލިމަޑުކަން، ކޮލެރާ، ސާސް، ސްޕެނިޝް ފްލޫ ފަދަ ރޯގާއާ އެކީގައި ވެސް ސޯޝަލް ޑިސްޓެންސިންއަކީ ކުރަމުން އައި، ޒަރޫރީ ކަމެކެވެ.

ސޯޝަލް ޑިސްޓެންސިން އަކީ ކޮބާ؟

ސޯޝަލް ޑިސްޓަންސިން އަކީ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެކަކު އަނެކަކާއި އެކަށީގެންވާ ދުރުމިނެއްގައި އުޅުމެވެ. ތިމާއާއި އެހެން މީހުންނާ ދޭތެރޭ 6 ފޫޓު، މަދުވެގެން 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމުން، ކޮރޯނާވައިރަހަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

މިގޮތުން ގިނަ މީހުން އެއްވެއުޅުން މަދުކުރުމަށް ޕާކުތަކާއި ބައެއް ތަންތަން ބަންދުކުރުމާއި، ހަފުލާތައް ނުބޭއްވުން ހިމެނެ އެވެ. އަދި މިފަދަ ހާލަތެއްގައި ކުރެވިދާނެ ކަންތައްތަކަކީ ގޭގައި، އޮފީހުގެ މަސައްކަތްކުރުން، ސްކޫލު ތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގާތްތިމާގެ މީހުންނަށާއި ރަޙުމަތްތެރިންނަށް ވީޑިއޯގެ ޒަރިއްޔާއިން ވާހަކަ ދެއްކުން ހިމެނެ އެވެ.

ނުކުރަންވީ ކަންތައްތަކަކީ ކޮބާ؟

  • ގިނަ މީހުން އެއްވެ އުޅުން؛ ސިނަމާ، ޝޯތައް ހަފުލާތައް ބޭއްވުން.
  • ގިނަ ކުދިން އެއްކޮށްގެން ކުޅިވަރުތައް ކުޅުން.
  • ގިނަ މީހުން ޖަމާވާ މާރުކޭޓު، ފިހާރަތައް ފަދަ ތަންތަނަށް ކޮންމެހެންދާންޖެހޭ ޙާލަތެއްގައި މެނުވީ ދިޔުން.
  • ޖިމް ނުވަތަ ކަސްރަތުކުރާ ތަންތަނަށް ދިޔުން.
  • ގޭގެއަށް ޒިޔާރަތްކުރުން.
  • އިޖްތިމާޢީ ކުޅިވަރުތައް (ދުވުން، ބައިސްކަލުދުއްވުން) ފަދަ ޙަރަކާތްތައް ބޭއްވުން.
  • ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ މަސައްކަތްތެރިން ގެއަށް ގެނައުން.

ފަރުވާތެރި ވާންވީ ކަންކަމަކީ ކޮބާ؟

  • ފިހާރަތަކަށް ދިޔުން
  • ކުލިނިކު/ބޭސްފިހާރަތަކަށް ދިޔުން
  • ކުޅިވަރުކުޅޭތަންތަނަށް ދިޔުން
  • މިސްކިތަށް ދިޔުން
  • ދަތުރު ފަތުރު ކުރުން

ކުރެވިދާނެ ކަންކަމަކީ ކޮބާ؟

  • މީހުން ގިނަ ނޫންތަނެއްގައި ހިނގާލުން/ދުއްވާލަން ދިއުން
  • ގަސް އިންދުމާއި ގޭތެރޭގެ މަސައްކަތްކުރުން
  • ގޭތެރެ ސާފުކުރުން/ކެއްކުން ފަދަ މަސައްކަތްކުރުން
  • ގޭތެރޭގައި ކުޅެވޭ ކަހަލަ ބޯޑް ގޭމްސް ނުވަތަ އެހެން ކަހަލަ ހަރަކާތެއްގައި އާއިލާ އެއްކޮށް ބައިވެރިވުން
  • ގޭގައި ފިލުމެއް ބަލާލުން ނުވަތަ ލަވަ އަޑުއެހުން
  • ފޮތެއް ކިޔާލުން
  • ރަޙުމަތްތެރިންނާއި ވީޑިއޯގެ ޒަރިއްޔާއިން ވާހަކަ ދެއްކުން.
comment ކޮމެންޓް