މިފަހުން ރާއްޖެއައި ފެލައިނީއަށް ވެސް ކޮރޯނާވައިރަސް ޖެހިއްޖެ

މަރުއޯން ފެލައިނީ -- ފޮޓޯ : ފޯބްސް

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު މަރުއޯން ފެލައިނީ ވެސް ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފުޓުބޯޅަ ކުޅުންތެރިންނާއި ކްލަބުތަކުގައި ހަރަކާތްތެރިވާ ބައެެއް ފަރާތްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން ދާ ދުވަސްވަރެއްގައި ފެލައިނީ އެ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައިވަނީ މިއަދެވެ.

ޗައިނާގެ ސުޕަ ލީގަށް މިހާރު ކުޅޭ ފެލައިނީ ވައިރަސް އަށް ޕޮޒިޓިވްވި ކަން އެނގިފައިވަނީ އޭނާ ޗައިނާގެ އިރުމަތީ ޕްރޮވިންސް އެއް ކަމަށްވާ ޝެންޑޮންގް ވެރި ރަށް ސިނާން އަށް ދިޔުމުންނެވެ. ރޭލުން އޭނާ ސިނާން އަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މަސައްކަތްކުރާ މުވައްޒަފެއް ވަނީ ފެލައިނީއާ އެކު ނަގާފައިވާ ފޮޓޯއެއް މި މަހުގެ 12 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. އެ ފޮޓޯ ނަގާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

comment ކޮމެންޓް