ހޯސްޓް އެންޑީ ކޯހެން އަށް ވެސް ކޮރޯނާ ޖެހިއްޖެ

އެންޑީ ކޯހެން---

މަޝްހޫރު ޓީވީ ހޯސްޓް އެންޑީ ކޯހެން 51، ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށް އޭނާ ބުނެފި އެވެ.

އެންޑީ އިންސްޓަގްރާމްކުރި ޕޯސްޓެއްގައި ބުނީ ސެލްފް ކަރަންޓީން އަށްފަހު ވެސް ހާލަތު ރަނގަޅުނުވުމުން ކޮރޯނާވައިރަހަށް އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެ ޓެސްޓް ޕޮޒިޓިވްވި ކަމަަށެވެ. މިވަގުތު ހާލު އެހާ ރަނގަޅު ނޫންކަމަށާއި ސިއްހީ މާހިރުންގެ އެހީގައި އެ ބަލިން ވަރަށް އަވަހަށް ސަލާމަތްވާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާ ވަނީ ސިއްހީ އެހީތެރިންނަށް ޝުކުރުއަދާކޮށްފަ އެވެ. އެންޑީގެ ޕޯސްޓުގައި ބުނީ އޭނާގެ ފޭނުންނަށް ބައްޔާ ބެހޭގޮތުން ވެސް އަޕްޑޭޓް ދޭނެކަމަށެވެ.

އެންޑީ އަށް ކޮރޯނާ ޖެހުނުއިރު ހޮލީވުޑްގެ ގިނަ ތަރިންތަކަށްވެސް ވަނީ ކޮރޯނާ ޖެހިފަ އެވެ. އޭގެ ތެރޭގައި އިދްރީސް އެލްބާ އަދި ގޭމް އޮފް ތްރޯންސްގެ ތަރި ކްރިސްޓޮފާ ވެސް ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު