ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި

ކާންސް ފިލްމު ފެސްޓިވަލް ވަނީ ކޮވިޑް19 ގެ ސަބަބުން ފަސްކޮށްފައި---

އަންނަ މެއި މަހުގެ 12 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކާންސް ފިލްމު ފެސްޓިވަލް ކޮވިޑް19 އާ ގުޅިގެން ފަސްކޮށްފި އެވެ.

މި އަހަރު ބާއްވާ 73 ވަނަ ކާންސް ފިލްމު ފެސްޓިވަލް ދެން ބާއްވާނީ އަންނަ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ކަމަށް ފެސްޓިވަލް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މި ވަގުތުގެ ހާލަތު ހުރި ގޮތުން ބޮޑު ފިލްމު ފެސްޓިވަލެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް އެ ފަރާތުން ބުނެއެވެ.

ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވުމަށް "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގައި ނައިރާގެ ރޯލު ކުޅޭ ޝިވާންގީ ޖޯޝީ 21، އަށް ވަނީ ފުރުސަތު ލިބިފަ އެވެ.

comment ކޮމެންޓް