އައްޑޫ ދަމަނަވެށިން ނެބިއުލައިޒާ މެޝިނާއި ފޭސް މާސްކުތަކެއް ވަގަށް ނަގައިފި

އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށި ފަޅާލައި ފޭސް މާސްކްތަކަކާއި ނެބިއުލައިޒާ މެޝިނެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ދަމަނަވެށިން ވައްކަން ކުރި މައްސަލައެއް މިއަދު 12:50 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް މައްސަލައާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ދަމަނަވެށިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި ހޯދިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ނެބިއުލައިޒާ މެޝިން އާއި ފޭސް މާސްކް އަދި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި މި ދޭތެރެއިން ހިމަބިހި އަލުން ފެނުމާ ގުޅިގެން، ވެކްސިން ދޭން ފެށުމާއެކު އައްޑޫ ދަމަނަވެށި ފަޅާލައި އެތަނުގެ ވެކްސިން ދިންކަން އަންގައިދިނުމަށް ފަހު ޖަހާ ތައްގަނޑާއި އިތުރު އެއްޗެހިތަކެއް ވަނީ ވަގަށް ނަގައިފައެވެ.

comment ކޮމެންޓް