ބަންދުގައި ބޭންކުތައް ހުޅުވާފައި ހުންނާނީ ތިން ދުވަހު

އެމްއެމްއޭ އިމާރާތް

މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބާންކުތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ބޭންކުތައް ހުޅުވާފައި ހުންނާނީ 19، 23 އަދި 26 ވަނަ ދުވަހު ކަމަށެވެ.

އެ ދުވަސްތަކުގައި ފައިސާ ބަލައިގަނެ ދޫކުރުން ފަދަ ބޭންކިން ހިދުމަތްތައްކާއި، ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 09:30 އިން ފެށިގެން 11:00 އަށެވެ.

އެމްއެމްއޭ އިން ބުނީ ޖެމްސް ބޭނުންކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ.

comment ކޮމެންޓް