"މަރްޔަމް": ސިޔާސީ ފިލްމެއް!

"މަރްޔަމް" ގެ ޝޫޓިންގެ ތެރެއިން

ދިވެހި ގިނަ ފިލްމު ތަކަކަކަށް ވާހަކަ އަދި ސްްކްރީން ޕްލޭ ތައްޔާރުކޮށްދީފައިވާ އަހުމަދު ޒަރީރު ގެ ސްކްރީން ޕްލޭ އަކަށް ހަދާ "މަރްޔަމް" ގެ ޝޫޓިން ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

"މަރްޔަމް" ގެ ޑައިރެކްޓަރަކީ ކުރީގެ އެކްޓަރު އަދި މިހާރު ދިވެހި ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން ކެމެރާ ކުރުމުގައި ފައިތިލަ ސާބިތުކޮށްފައިވާ ވިޝާން (ކަނޑި) އެވެ.
މިވަގުތު ފިލްމުގެ ކާސްޓާއި ކުރޫ ތިބީ ފިލްމުގެ މަންޒަރުތައް ނެގުމަށް ގޮސް މ.މުލަކު ގައެވެ.

"ސަން" އަށް ވާހަކަ ދައްކަމުން ކަނޑި ބުނީ، އެ ފިލްމަކީ ބެލުންތެރިންނަށް ގެނެސްދޭނެ ތަފާތު އަދި މޮޅު ފިލްމަކަށް ވާނެ ކަމަށާއި މިހާރު ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަތާ ހަތަރު ދުވަސް ވެއްޖެ ކަމަށެވެ. ފިލްމުގެ ޝޫޓިން މާލޭގައި ވެސް ކުރާނެ ކަމަށް ކަނޑި ބުންޏެވެ.

"މަރްޔަމް" ގެ ޝޫޓިންގެ ތެރެއިން
"އެއް ކާފު" ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ މި ރާއްޖޭގެ މުޖުތަމައުގައި ހިނގާ ގިނަ ކަންތައްތަކަކަށް އަލި އަޅުވައިލައިގެން ގެނެސްދޭ ފިލްމެކެވެ. ހާއްސަކޮށް ސިޔާސީ މަޝްރަހަށް ވަރަށް ބޮޑަށް އަލިއަޅުވާލައި ހަދާ ސިޔާސީ ފިލްމެކޭ ބުނެވިދާނެ ކަމަށް ކަނޑި ބުންޏެވެ.

އިތުރަށް ކަނޑި ބުނީ، މ. މުލަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި ހުރިހާ ކާސްޓުން ވެސް ތިބީ ފިލްމަކީ ވަރުގަދަ ފިލްމަކަސް ހަދަން ތައްޔާރަށް ކަމަށެވެ.
"މަރްޔަމް" ގައި ފެނިގެންދާނީ އަހުމަދު ސައީދު އާއި އަލީ އާޒިމްގެ އިތުރުނ ނިޝާ (ނިޝް) އަދި މަރިޔަމް މަޖުދާ ފަދަ ކުޅަދާނަ ފަންނާނުންނެވެ. އޭގެ އިތުރުން ހަސަން މަނިކު އާއި އަލީ ޝަޒްލީމް ފަދަ ހުނަރުވެރި އެކްޓަރުންގެ އެކްޓިން ފިލްމުން ފެންނާނެ ކަމަށް ކަނޑި ބުންޏެވެ.

ޓެކްނިކަލް ޓީމް ވެސް އެހާމެ ވަރުގަދަ "މަރްޔަމް" ރަސްމީކޮށް ލޯންޗުކުރުން އަދި އޮންނާނެ ކަމަށް ކަނޑި ބުނާއިރު ފިލްމުގެ ޓީމުގެ ޓާގެޓަކީ މި އަހަރުގެ ރޯދައިގެ ފަހުން ސިނަމާ ތަކަށް ފިލްމު ގެނައުމެވެ.

comment ކޮމެންޓް