އައްޑޫ ކަސްޓަމްސް އޮފީސް ފަޅާލައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ކަސްޓަމްސް އޮފީސް ފަޅާލައިފި އެވެ.

ފުލުހުން ބުނީ އައްޑޫ ކަސްޓަމްސް އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާކަމުގެ ރިޕޯޓު އިއްޔެ ހަވީރު 18:30 ހާއިރު ލިބިފައިވާ ކަމަށެވެ.

ކަސްޓަމްސް އޮފީހުން ވަގަށް ނަގާފައިވާ ތަކެއްޗާ ގުޅޭ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ. އެ މައްސަލަ އާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް