ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި ދިވެއްސަކު އެއާޕޯޓުން ހިފަހައްޓައިފި

އޮގަސްޓް 28، 2018: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި ދިވެއްސަކު އެއާޕޯޓުން ހިފަހައްޓައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓްއަށް ފުރަން ދިޔަ ދިވެހ ފިރިހެނަކު އޭނާގެ ދަބަހުގައި ބޮމެއް އޮތް ކަަމަށް ބުނި ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެއާޕޯޓް ސެކިއުރިޓީން ފަހުން ވަނީ އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އޭނާގެ ދަބަސް ބަލައި ފާސްކުރި އިރު ދަބަހުން އެފަދަ އެއްޗެއް ނުފެނުކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ނަސޭހަތްދީ އެ މީހާ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް