ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށެވެ.
ދޮން ދަރިއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 32 އަަހަރުގެ ފިރިހެނަކު ހައްޔަރުކުރީ އިއްޔެ އެވެ.
ހައްޔަރުކޮށްފައިވަނީ އުތުރުގެ ރަށެއްގެ މީހެކެވެ. އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ 17 އަހަރުގެ ދޮން ދަރިއަށެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތައް ހުށަހެޅޭ މިންވަރު މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.
އެފަދަ މަައްސަލަތަކުގައި ހިމެނޭ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުވެސް ވަނީ ގަދަވެފަ އެވެ.