ސްޕޭސް ސްޓޭޝަން ކެމެރާ ބޭނުންކޮށްގެން ގިޔާސުއްދީން ކުދިން ފޮޓޯ ނަގަނީ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ކެމެރާ ބޭނުންކޮށްގެން ގިޔާސުއްދީން ސްކޫލްކުދިން ފޮޓޯ ނަގަން ތާއްޔާރުވުމުގެ ގޮތުން ބޭއްވި ސެޝަންއެއްގެ ތެރެއިން--- ފޮޓޯ: ގިޔާސުއްދީން ސްކޫލް

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ކެމެރާ ބޭނުންކޮށްގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްކުދިން ފޮޓޯ ނަގަން ތައްޔާރުވެއްޖެ އެވެ.

ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލ އަލީ މުސްތަފާ "ސަން" އަށް މިއަދު ވިދާޅުވީ އެ ފޮޓޯތައް ނަގަން ފަށާނީ މާދަމާ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ނިޔަލަށް ފޮޓޯތައް ނަގާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ގިޔާސުއްދީންގެ ގްރޭޑް ހަޔަކުން ފެށިގެން ނުވައެއްގެ 62 ދަރިވަރުންނާއި އެހެން ސްކޫލްތަކުން 22 ދަރިވަރުން ބައިވެރިވާކަމަށް އޭނާ ވިދާޅުވި އެވެ

އެ ޕްރޮގްރާމްގެ ދަށުން 200 ފޮޓޯނަގާނެ ކަަމަށާއި އެ ފޮޓޯތައް ނާސާއިން އާކައިވްކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޕޭސް ސްޓޭޝަންގެ އޯބިޓް ދުނިޔެ ވަށައިގެން އެނބުރޭއިރު މި ފޮޓޯތައް ނަގަނީ. އެގޮތުން ރާއްޖޭގެ ބައެއް ސަަރަހައްދުތައްވެސް ފޮޓޯ ނެގޭނެ. ނާސާގެ ވެބްސައިޓުގެ އެކްސެސްދީފައި މިއޮތީ. ދެން އެތަނުން ދިން 200 ކީ. އަޅުގަނޑުމެން ޖެހޭނީ ފޮޓޯ ނަގަން ބޭނުންވާ ކޯޑިނޭޓް ޕޮއިންޓްސްތައް ހޯދަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

https://sun.mv/131164

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ސްޕޮންސަކޮށް، ޔުނިވާސިޓީ އޮފް ކެލިފޯނިއާ އާއި ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރު ގުޅިގެން ހިންގާ މިޕްރޮގްރާމް ގިޔާސުއްދީން ސްކޫލުގައި ކުރިއަށްގެންދަނީ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އާ ގުޅިގެންނެވެ.

މިއީ އައިޖީއެސްއާ ގުޅިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ދާދި ފަހުން ފެށި ސްޕޭސް ސައިންސް ޕްރްގްރާމްގެ މުހިއްމު ބައެކެވެ.

ސްޕޭސްއިން ދުނިޔެ ފެންނަގޮތުގެ ފޮޓޯ ނަގަނީ "އެކްސްޕްލޯރިން އާތު ފްރޮމް ސްޕޭސް" ގެ ކަރިކިއުލަމް ފުރިހަމަކުރުމަށް އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ.

comment ކޮމެންޓް