އުރީދޫއާ ގުޅިގެން ޗައިނާގެ އޮޕޯ ކުންފުނީގެ ސްމާޓްފޯނުތައް ރާއްޖޭގައި ރަސްމީކޮށް ލޯންޗުކޮށްފި އެވެ.
އަލަށް ތައާރަފުކުރި ފޯނުތަކުގެ ތެރޭގައި ހިމެނެނީ، "އޮޕޯ ރެނޯ-2 އެފް"، "އޮޕޯ އޭ-1 ކޭ" އަދި "އޮޕޯ އޭ-5 2020" އެވެ.
އަލަށް ތައާރަފުކުރި އޮޕޯ ސްމާޓްފޯނުތައް އުރީދޫއިން ވިއްކަނީ އެއް ފަހަރާ ފައިސާ ދައްކައިގެންނާއި އިންސްޓޯލްމަންޓް ޕްލޭނުގެ ދަށުންނެވެ. އެއްފަހަރާ ފައިސާ ދައްކައިގެން އުރީދޫއިން އެ ފޯނުތައް ވިއްކާ އަގުތަކަކީ؛
- ރެނޯ-2 އެފް (128 ޖީބީ): 8،249ރ.
- އޭ-5 2020 (128 ޖީބީ): 4،999ރ.
- އޭ-1 ކޭ (32 ޖީބީ): 2،499ރ.
އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ފަރާތްތަކުން މަހަކު އެންމެ މަދުން ދައްކަން ޖެހެނީ 333 ރުފިޔާ އެވެ. އަދި ފޯނުގެ ޕޭމަންޓް ހަ މަސް ދުވަހަށް ބަހާލެވޭނެ އެވެ.
އޮޕޯގެ އާ ފޯނުތައް ތައާރަފު ކުރުމާއެކު އެ ފޯނުތައް ގަންނައިރު ހިލޭ ޑޭޓާ ލިބޭ އޮފާތަކެއް ވެސް އުރީދޫއިން ވަނީ ތައާރަފުކޮށްފަ އެވެ.
އެގޮތުން އުރީދޫ މެދުވެރިކޮށް ގަންނަ ކޮންމެ ރެނޯ-2 އެފްް ފޯނަކާއެކު ސޯޝަލް މީޑިއާއަށް ހާއްސަ ދެ ޖީބީ ހިލޭ ޑޭޓާގެ އިތުރުން ޖޭބީއެލް ޓިއުން 115-ބީޓީ ގެ ވަޔަލެސް ހެޑްސެޓެއް ދިނުމަށް އުރީދޫއިން ވަނީ ނިންމާފަ އެވެ. އަދި ކޮންމެ އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ-5 2020 ފޯނަކާއެކު ސޯޝަލް މީޑިއާއަށް ހާއްސަ 1 ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ.
މި އޮފާތައް އެއްފަހަރާ ފައިސާ ދައްކައިގެންނާއި އިންސްޓޯލްމަންޓް އުސޫލުން ފޯނު ގަންނަ ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.