"އަންދާދުން"ގެ ތެލެގޫ ރީމޭކެއް

އަންދާދުންގެ މަންޒަރެއް---

ޝްރީރާމް ރާގަވަން ޑައިރެކްޓުކޮށް، އާޔޫޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެން ދިޔަ ކާމިޔާބު ފިލްމު "އަންދާދުން" ގެ ތެލެގޫ ރީމޭކެއް ހެދުމަށް ނިންމައި ފިލްމު އިއުލާންކޮށްފި އެވެ.

ބޮކްސް އޮފީހުގައި ވިދާލި އަންދާދުން ގެ ލީޑު ރޯލުން ފެނުނު އާޔުޝްމަން ކުރާނާގެ ރޯލުން ތެލެގޫ ވާޝަނުގައި ފެނިގެންދަނީ މަޝްހޫރު ތެލެގޫ އެކްޓަރު ނިތިން އެވެ. ފިލްމުގެ ބަތަލާ އަކީ ކޮން ތަރިއެއްކަމެއް އަދި ނޭނގެ އެވެ. އަންދާދުންގެ ތެލެގޫ ވާޝަން ޑައިރެކްޓްކުރުމަށް ނިންމާފައިވަނީ މެރްލަޕާކާ ގާންދީ އެވެ. އަދި ފިލްމު ޕްރޮޑިއުސްކުރާނީ އެން ސުދާކަރް ރެޑީ އާއި ނިކިތާ ރެޑީ އެވެ.

"އަންދާދުން" އަކީ ލޮލަށް ނުފެންނަ ކަމަށް ހެދިގެން އުޅޭ ޕިއާނޯ ކުޅޭ މީހަކަށް ފެންނަ މަރެއްގެ ސަބަބުން ހިނގާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.

ފިލްމުގައި އާޔޫޝްމަންއާއެކު މުހިންމު ރޯލުތަކުން ފެނިގެން ދިޔައީ ތާބޫގެ އިތުރުން، ރާދިކާ އަޕްތޭއާއި އަނިލް ދަވަން އެވެ.

"އަންދާދުން" އަކީ 2018 އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. ކްރިޓިކުންނާއި ބެލުންތެރީންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަށް ވަނީ ތަފާތު އެކި އެވޯޑުތައް ވެސް ލިބިފަ އެވެ.

އަންދާދުންގެ ތެލެގޫ ރީމޭކްގެ ޝޫޓިން ފަށާނީ އަންނަ ޖޫން މަސްތެރޭގަ އެވެ.

comment ކޮމެންޓް