ކަރިޝްމާ "މެންޓަލްހުޑް"ގެ ޓްރެއިލާއެއް ދައްކާލައިފި

ސީރީޒްގެ ޕޯސްޓަރެއް---

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ގަދައަށް ވިދާލި އެއް ބަތަލާ ކަރިޝްމާ ކަޕޫރު ފެނިގެންދާ ވެބް ސީރީޒް "މެންޓަލްހުޑް" ރިލީޒްކުރާ ތާރީހް ހާމަކޮށް ސީރީޒްގެ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މެންޓަލްހުޑް ރިލީޒްކުރާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކަމަށް ހަބަރުތައް ބުނެ އެވެ. ދެހާސް ތިން ވަނަ އަހަރު ކައިވެނިކުރުމާ އެކު އޭނާ ވަނީ ސްކްރީނުން ގެއްލިފަ އެވެ. ނަމަވެސް ގިނަ އަހަރުތަކަކަށް ފަހު ކަރިޝްމާ މިހާރު މިވަނީ ސްކްރީން ކުރިމަތިން ފެންނަން ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

"މެންޓަލްހުޑް" އަކީ ޒުވާން މަޔަކާއި އޭނާގެ ތިން ދަރިންގެ ވާހަކަ ކިޔައިދޭ ސީރީޒްއެކެވެ. އެ ސީރީޒަކީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ގެނެސްދޭ ސީރީޒެކެވެ. ކަރިޝްމާގެ އިތުރުން ސީރީޒުން ފެނިގެންދާނީ ކުރީގެ އެކްޓަރު ޑީނޯ މޯރިއާ،ސަންޖޭ ސޫރީ، ޓީވީ ބަތަލާއިން ކަމަށްވާ ޝިލްޕާ ޝުކްލާ އަދި ތިލޮތާމާ ޝޯމް އެވެ.

ބަތަލާ ކަރިޝްމާ އެންމެ ފަހުން ލީޑު ރޯލަކުން ފެނުނީ 2012 ވަނަ އަހަރު "ޑޭންޖަރަސް އިޝްގް" އިންނެވެ. ކަރިޝްމާ ކަޕޫރަކީ ބަތަލާ ކަރީނާ ކަޕޫރުގެ ދައްތަ އެވެ.

comment ކޮމެންޓް