ނަޝީދުގެ "ހޮޅި" ހަމަލާތަކަށް މުއިއްޒުގެ ހިމޭން ރައްދެއް

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކާނިވާ ސަރައްދުގައި ބޭއްވި ކައުންސިލް އިންތިހާބުގެ "ރަށްވެހި ފަތިސް" ކެމްޕެއިން ޖަލްސާގައި ރައްޔިތުންގެ މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ވަނީ، އިދިކޮޅު ޕީޕީއެމްގެ މާލޭ މޭޔަރުކަމަށް ވާދަ ކުރާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުއަށް ނިސްބަކޮށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެމްޑީޕީގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ، މާލެ ހަލާކުކޮށްލުމުގެ އެންމެ ބޮޑު މޭސްތިރިއަކީ މުއިއްޒު ކަމަށެވެ. މުއިއްޒުއަށް އެމަނިކުފާނު ނިސްބަތްކުރެއްވީ "ހޮޅި މުއިއްޒު"ގެ ނަމުންނެވެ. މުއިއްޒުއަކީ މާލޭ ހއ. ވަށަފަރު މީހެއް ކަމަށާއި އޭނާއަށް މާލެ މީހުން ވޯޓު ނުދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަހުގެ ހަމަލާތަކަށް މުއިއްޒު ދެއްވީ ހިމެން ރައްދެކެވެ. މިދިޔަ އާދިއްތަ ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ޅެންބައިތަކުން މުއިއްޒު ވިދާޅުވީ، ތިމާމެން މާ މޮޅު ނަސަބަކުން އައުމުން ބަޔަކު ކިބުރުވަނީ ކަމަށެވެ. އަދި ތިމާ އުފަންވާ ރަށް ނުވަތަ އަންނަ ނަސަބު މުހިންމު ނޫން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

https://sun.mv/131947

ނަޝީދުގެ ބަހުގެ ހޫނު ހަމަލާތައް މުއިއްޒު ސިފަ ކުރެއްވީ އެންޓި ކެމްޕެއިންގެ ގޮތުގައެވެ. އަދި މާލެއާއި ރާއްޖެތެރެ ތަފާތު ކުރަނީ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ވަށަފަރަށް ނިސްބަތްކޮށް ނަޝިދު އެގޮތަށް ވާހަކަ ދެއްކީ ދެރަކޮށްލުމުގެ ގޮތުންނެވެ. އަދި އެވާހަކައިގައި ހަގީގަތެއް ނެތް ކަމަވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އޭނާގެ ބައްޕައަކީ ވަށަފަރު މީހެއް ކަމަށާއި މަންމަ އަކީ މާލެ މީހެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް