އިންޑިއާގެ މިސްކިތެއްގައި ހުޅުޖަހައި 11 މީހަކު މަރުވެއްޖެ

މިސްކިތުގައި ހުޅުޖެހުމަށް ފަހު މުންނާރަށް އަރައި ހަނޫމާން ދިދަ އަރުވަނީ---

ދިއްލީ (25 ފެބްރުއަރީ) -- އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ހިނގަމުންދާ ވަރުގަދަ ހަމަނުޖެހުންތަކުގެ ތެރެއިން، މިސްކިތެއްގައި ހުޅުޖަހައިފި އެވެ.

މިސްކިތުގައު ހުޅުޖެހުމަށް ފަަހު މުންނާރަށް އަރައި ހިންދޫންގެ ހަނޫންމާން ކަލާންގެ ޖަހާފައިވާ ދިދައެއް އަރުވާތަން ވެސް ފެނެ އެވެ.

އަލްޖަޒީރާއިން ބުނީ ދިއްލީގެ އަޝޯކު ނަގަރު މިސްކިތުގެ ވަަށައިގެން އެތަނަށް އެއްްވި މޮބަކުން "ޖައި ޝްރީ ރާމް" ކިޔަމުންދާ ކަމަށެވެ.

"ޖައި ޝްރީ ރާމް" އަށް ހިންދޫންގެ ރާމް ކަލާނގެއަށް ނިސްބަތްކޮށް ހިންދޫން ކިޔައިއުޅޭ އެއްޗެކެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން މޮބަކުން މިސްކިތުގުގެ މުންނާރު މައްޗަށް އަރައި ހިންދޫންގެ ހަނޫމާން ދިދައެއް އަރުވާތަން ފެނެއެވެ.

އެ ސަރަހައްދުގައި ހުންނަ ހުރޫ ޓެގް ބަހާދުރު ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިޑެންޓް އަލްޖަޒީރާއަށް ވިދާޅުވީ އެ ހާދިސާގައި 11 މީހުން މަރުވިކަަމަށެވެ.

ދާދި ފަހުން އިންޑިއާގައި ދިރިއުޅޭ ބައެއް މުސްލިމުންގެ ރައްޔިތުކަން ގެއްލޭގޮތަށް އެކުލަވާލި ގާނޫނާ ގުޅިގެން ބޮޑެތި މުޒާހަރާތަކެއްވަނީ ފެށިފައެވެ.

މިދިޔަ އާދިއްތަ ދުވަހު އަނެއްކާވެސް މުޒާހަރާތައް ހޫނުވީ އެ ގާނޫނަށް ތާއިދުކުރާ ބަޔަކު މުޒާހަރާތައް ކުރާ މީހުންނާ ދެކޮޅަށް ހަމަލާދިނުމުގެ ސަބަބުންނެވެ.

ނިއު ދިއްލީގައި ވަރުގަދަ ކުރިމަތިލުމެއް ހިނގަމުންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ހުންނެވީ ރަސްމީ ދަތުރެއްގައި އިންޑިއާގައެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންޖު ކެޖްރިވާލް ވަނީ ސުލްހަ މަސަލަސްކަންއިސްކުރުމަށް ގޮވާލައްވައިފައެވެ. އޭނާ އިތުރަށް ވިދާޅުވީ ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން އެކަށީގެންވާ ވަރާ ގާތަށްވެސް ސިފައިން ނެތް ކަމަށެވެ.

comment ކޮމެންޓް