ދޮންދަރިއަކަށް ޖިންސީގޯނާ ކުރި ދޮންބައްޕައަކު ހައްޔަރުކޮށްފި

ދޮން ދަރިފުޅަށް ޖިންސީ ގޯނާކުރި މީހަކު މެދު ރާއްޖެތެރޭގެ ރަށަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް، އެކުއްޖާގެ ދޮންބައްޕަ ޖިންސީގޯނާ ކުރާ ކަމުގެ މައްސަލައެއް ރޭ 9:20 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނު 9:50 ހާއިރު ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތައް ހުށަހެޅޭ މިންވަރު މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.

އެފަދަ މަައްސަލަތަކުގައި ހިމެނޭ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުވެސް ވަނީ ގަދަވެފަ އެވެ.

comment ކޮމެންޓް