ފީނަން އުޅުނު މަސްވެރިޔަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފި

މިޔަރު މަސްވެރިޔާއަށް ހަމަލާދިނުމުން ޒަހަމްވެފައި--- ފޮޓޯ: މީސްމީޑިއާ

ހދ. މަކުނުދޫ ކައިރީގައި ފީނަން އުޅުނު މަސްވެރިޔަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މަކުނުދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާކިރު "ސަން" އަށް މިއަދު ވިދާޅުވީ މިޔަރު ހަމަލާދިނީ އިއްޔެ މެންދުރު އެރަށް ކައިރީގައި ފީނި ފ. އަތޮޅުގެ ދޯންޏެއްގެ މަސްވެރިއަކަށް ކަަމަށެވެ.

އެ ހާދިސާގައި އޭނާގެ މެއިން ތަންގަނޑެއް ކަފައިގެން ގޮސްފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

ޒަހަމްވި މީހާއަށް ވަނީ މަކުނުދޫ ސިއްހީ މަރުކަޒުގައި ފަރުވާދީ ފަހުން ދޫކޮށްލައިފަ އެވެ.

މިޔަރަކީ ރާއްޖޭގެ ބޭނުން މަނާކޮށް ހިމާޔަތްކޮށްފައިވާ ބާވަތެކެވެ.

މިޔަރު ހަމަލާދިނުމަކީ ރާއްޖޭގައި ވަރަށް މަދުންނޫނީ ދިމާވާ ކަމެއް ނޫނެވެ.

comment ކޮމެންޓް