ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ

ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން: މާދަމާ އިތުރު އަޑުއެހުމެއް ވަނީ ތާވަލްކޮށްފައި--- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިން ކުށުގެ ހުކުމުގެ ތިން ވަނަ އިސްތިއުނާފު އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅުއެވެ. އަށް މަސް ދުވަހަށް ފަހު ކުރި އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުހުން ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރު 1:00 އަށެވެ. އެ އަޑުއެހުމުގައި އޮންނާނީ، އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި އެ ނުކުތާތަކަށް ޖަވާބުދާރީ ވުމެވެ.

އެ މައްސަލާގެ އަޑުއެހުން މާދަމާ ބާއްވަން ތާވަލުކުރި އިރު، މިދިޔަ ހަފްތާ އިން ފެށިގެން ރައީސް ޔާމީން އޮންނެވީ ޓެސްޓްތަކެއް ހެދުމަށް އައިޖީއެމްއެޗްގައި އެޑްމިޓްކުރި އެވެ. ނަމަވެސް އެކަމާ ގުޅިގެން އަޑުއެހުންތައް ކެންސަލް ކުރި ކަމެއް ނުވަތަ ނުކުރާ ކަމަށް ޔަގީނެއް ނޫނެނެވެ.

އިސްތިއުނާފުގެ އަޑުއެހުމުގައި އެމަނިކުފާނު ވަނީ ސިއްހީ ހާލަތާ ހުރެ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުމުގެ ފުރުސަތަކަށް ކޯޓުގައި އެދިވަޑައިގެންފައެވެ. އަދި ކަފާލާތުގެ ދަށުން މިނިވަންކޮށް، ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އެންމެ ފަހުން މިމަހު ހަ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ނިންމާފައިވަނީ ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށާއި، އަދި އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ވެސް ނެތްކަމަށް ނިންމާފައެވެ.

https://sun.mv/131153

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ.

comment ކޮމެންޓް