ސުލޫކީ މައްސަލައެއް އޮއްވާ ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތް ނުލިބޭ ގޮތް ހަދައިފި

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ބައެއް މެމްބަރުން --- ފޮޓޯ/ ޖޭއެސްސީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ފަނޑިޔާރަކު ރިޓަޔާކޮށްފިނަމަ އެ ފަނޑިޔާރަކަށް އިނާޔަތް ނުލިބޭ ގޮތް ހަދައިފިއެވެ.

ޖޭއެސްސީއިން އެ ބަދަލު ގެނައީ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން ރިޓަޔާކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުންނެވެ.

އެ ގަވައިދު ކުރިން އޮންނަ ގޮތުން އަމިއްލައަށް އެދިގެން ނުވަތަ ސިއްްހީ ސަބަބުތަކަށްޓަކައި ރިޓަޔާ ކުރަން ނިންމާ ފަނޑިޔާރުންނަށް އިނާޔަތްތައް ޖޭއެސްސީން ހަމަޖައްސައިދެއެވެ.

އަލަށް ގެނައި އިސްލާހުގައި ވަނީ ގަވައިދުގެ ދެ ވަނަ މާއްދާއަށް (ނ) އިތުރުކޮށްފައެވެ. އެ އަކަރުގައި ބަޔާންކުރަނީ ރިޓަޔާ ކުރަން އެދޭ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ނަމަ ނުވަތަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައެއް ނުދެވޭނެ ކަމަށެވެ.

ރިޓަޔާކުރާ ފަނޑިޔާރުންނަށް ދޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީއާއި ހެލްތު އިންޝުއަރެންސް އަދި އެހެނިހެން މާލީ އިނާޔަތްތައް ހިމެނެއެވެ.

comment ކޮމެންޓް