މިޔަރެއް ހަމަލާ ދޭން އުޅުމުން އޭތީގެ ލޮލުގައި ޖަހައި ސަލާމަތްވެޖެ

ނިކް މިނޯގު ނަމަކަށް ކިޔާ މީހެއްގެ އަތުގައި ފެމުނު މިޔަރެއް ވަނީ ދަތް އަޅާފައި --

ނިއު ޒީލެންޑުގެ ރާޅާއެޅުންތެރިޔަކަށް ހަމަލާ ދޭން އުޅުނު ފެމުނު މިޔަރެއް ކައިރިން އޭނާ ސަލާމަތްވި ގޮތް އެތައް ބައެެއްގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.

ނިއު ޒީލެންޑުގެ ސިޓީއެއްކަމަށްވާ އޯކްލެންޑަށް ނިސްބަތްވާ ނިކް މިނޯގު އިއްޔެ ރާޅާއަޅަން ގޮސް އުޅެނިކޮށް އޭނާގެ ގައިގައި ފެމުނު މިޔަރެއް ވަނީ ދަތްއަޅައިފަ އެވެ.

"ބޯޑުގައި ފަތާފައި ދަނިކޮށް އަހަރެންގެ އުޅަނބޮށީގައި އެއްޗެއް ޖެހުނު. ވެގެން އުޅޭ ގޮތެއް ބެލި އިރު އަތުގައި މިޔަރު އޮތީ ދަތް އަޅައިގެން،" ނިކް ކިޔައިދިނެވެ.

ނިކް ބުނީ އޭނާއަށް އަޑުއިވިފައިވާ ގޮތުގައި މިޔަރުގެ ނޭފައިތުގައި ނުވަތަ ލޮލުގައި ޖެހުމުން އޭއްޗެހި ވަރަށް ރުޅި އާދެ އެވެ.

"އަހަރެން ކުރި ކަމަކީ އެ މިޔަރާ ދިމާލަށް ހަޅޭ ލަވައިގަނެފައި ޖަހަން އުޅުނީ. އެކަމު ފުރަތަމަ ފަހަރަކު ނުއެއް ޖެހުނު،" އޭނާ ބުންޏެވެ.

ދެވަނަ ފަހަރަށް ވެސް އަޑުގެ ކޮޅަށް ހަޅޭ ލަވައިގަތުމަށް ފަހު އޭނާ މިޔަރުގެ ލޮލުގައި ޖަހަން އުޅުނެވެ. މިފަހަރު އެ މިޔަރުގެ ލޮލުގައި ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ނިކް ބުނި ގޮތުގައި މިޔަރު ފުރަތަމަ ފެނުމުން ހުރީ ޝޮކެއްގަ އެވެެ. ނަމަވެސް އެންމެ ފަހުން ހަޅޭލަވައިގަނެ އެ މިޔަރުގެ ލޮލުގައި ޖެހުމަށް ފަހު އޭނާ ބޯޑުގައި ފަތާފައި އަވަހަށް އެއްގަމަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެވަގުތު ނިކް އާއެކު މޫދުގައި އުޅުނީ އެންމެ މީހެއް ކަމަށާއި ނިކް ހަޅޭލަވާ އަޑު އިވުމުން ނިކް އާއެކު ދެމީހުން އެކީގައި އެއްގަމަށް ދިޔައީކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު