ދަމާސްއިން އަލަށް ތައާރަފުކުރި ޕެންސޮނިކް: މެލޭޝިއާގެ އެއްވަނަ ހޯމް އެޕްލަޔަންސަސް ބްރޭންޑް

ފެބްރުއަރީ 24، 2020: ދަމާސް އެކްސްޕްރެސް

ދަމާސްއިން 'ޕެންސޮނިކް' ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.

ޕެންސޮނިކްއަކީ ހޯމް އެޕްލަޔަންސް އުފެއްދުމުގައި މެލޭޝިއާގެ އެންމެ މަގުބޫލު ބްރޭންޑެވެ.

ދަމާސްއިން ވިއްކާ ޕެންސޮނިކް ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ރައިސް ކުކާ، ކޮފީ މޭކާ، އަވަން، އަދި އެކި ބާވަތްތަކުގެ އިސްތިރި އާއި އުނދުން ހިމެނެ އެވެ.

ފެބްރުއަރީ 24، 2020: ދަމާސް އެކްސްޕްރެސް

ދަމާސްއިން ވިއްކާ ޕެންސޮނިކް ބްރޭންޑާއި އެހެން ބްރޭންޑުތަކާ ގުޅޭ މައުލޫމާތު ދަމާސް ހޯމްވެއާގެ އިތުރުން އޮންލައިން ފިހާރަ، ދަމާސް އެކްސްޕްރެސްއިން ވެސް ބަލައިލެވޭނެ އެވެ.

ދަމާސްއިން ޕެންސޮނިކްގެ ހުރިހާ އުފެއްދުމެއް ވެސް ވިއްކަނީ އެއް އަހަރު ދުވަހުގެ ވޮރެންޓީއާއެކުގަ އެވެ.

ފެބްރުއަރީ 24، 2020: ދަމާސް އެކްސްޕްރެސް

ޕެންސޮނިކް ބްރޭންޑަކީ 1965 ވަނަ އަހަރު މެލޭޝިއާގައި އުފެއްދި ކުންފުންޏެކެވެ.

ނަން އެއްގޮތް ކަމުން ބައެއް މީހުންނަށް މި ބްރޭންޑް ޖަޕާނުގެ ޕެނަސޮނިކް ބްރޭންޑާ އޮޅުނު ނަމަވެސް، މިއީ ވަރަށް ވާދަވެރި ދެ ބްރޭންޑެވެ.

ފެބްރުއަރީ 24، 2020: ދަމާސް އެކްސްޕްރެސް

ދަމާސްއިން ޕެންސޮނިކް ބްރޭންޑް ގެނެސް ވިއްކަން ފަށާފައިވާއިރު، މި ދުވަސްވަރަކީ މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ދަމާސް ރޯދަ ސޭލް ވެސް ކުރިއަށްގެންދާ ދުވަސްވަރެވެ.

ދަމާސްގެ ފަރުނީޗަރު ވިއްކާ ތިން ފިހާރަ (ދަމާސް ފަރުނީޗަރު، އިންޑެކްސް ފަރުނީޗަރު އަދި ދަމާސް ހޯމްވެއާ) އާއި ދަމާސް ޕެއިންޓް މާޓްގެ އިތުރުން ދަމާސް ރިސޯޓްވެއާގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެ ހުރިހާ ފިހާރައަކުން ވިއްކާ މުދަލުން ވެސް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ރޯދަ ސޭލްއާއެކު ދަމާސް ހޯމްވެއާގައި ކްލިއަރެންސް ސޭލެއް ވެސް ވަނީ ފަށާފަ އެވެ. މި ސޭލުގައި ވެސް އެތަނުން ވިއްކާ ފަރުނީޗަރުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް