ވިރާޓް ކޯލީ އަށްފަހު 50 މިލިއަން ފޮލޯވަރުން ޕްރިޔަންކާއަށް ލިބިއްޖެ

ޕްރިޔަންކާ ޗޯޕްރާ ---

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާގެ ފިރިމީހާ ވިރާޓް ކޯލީއަށްފަހު 50 މިލިއަން ފޮލޯވާސް ލިބުނު އިންޑިއާ މީހަކަށް ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ވެއްޖެއެވެ.

ޕްރިޔަންކާ އަށް 50 މިލިއަން ފޮލޯވާސް ހަމަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއާއެކު ޕްރިޔަންކާ ވެފައިވަނީ އިންޑިއާއިން 50 މިލިއަން ފޮލޯވާސް ލިބުނު ދެ ވަނަ ތަރިއަށެވެ. ޕްރިޔަންކާ އާއި އެންމެ ވާދަކުރަނީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންއެވެ. އެއީ 44.2 މިލިއަން ފޮލޯވަރުންނާއެކުގައެވެ.

ހޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެންމެ ފަހުން ފެނިގެންދިޔައީ ފަރްހާން އަޚްތަރު އާއެކު "ދަ ސްކައި އިޒް ޕިންކް" އިންނެވެ. އެ ފިިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ފިލްމު ފްރެންޗައިޒް "މެޓްރިކްސް"ގެ ހަތަރު ވަނަ ފިލްމުގެ ރޯލެއް ޕްރިޔަންކާ އަށް ދީފައިވާ ކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ. މެޓްރިކްސް އަކީ 2000ގެ ކުރީކޮޅުގައި ނެރެފައިވާ ސައިންސް ފިކްޝަން ފިލްމު ފްރެންޗައިޒްއެކެވެ.

comment ކޮމެންޓް