9 މީހުންނާއެކު ނައިޓް ފިޝިންއަށް ދިޔަ ދޯންޏެއް ފަރަށް އަރައިފި

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ނުވަ މީހުންނާއެކު ނައިޓް ފިޝިންއަށް ދިޔަ ދޯންޏެއް ކޮއްދިއްޕަރު ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ކޯސްޓްގާޑަށް ލިބުނީ މިރޭ 22:30 ހާއިރު ކަމަށާއި ފަރަށް އަރާފައި ވަނީ "އެންދެރި" ނަމަކަށް ކިޔާ 65 ފޫޓުގެ ދޯންޏެއް ކަމަށެވެ.

ފަރަށް އެރި އިރު އެ ދޯނީގައި ތިބީ ތިން އަންހެނުންނާއި ހަ ފިރިހެނުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

"އެންދެރި" ދޯނި ފަރަށް އެރިތާ އެއް ގަޑިއިރު ފަހުން މިހާރު އެ ދޯނި ވަނީ ފުންކޮށްފައެވެ. އެމްއެންޑީއެފް އިން ބުނީ ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ދޯންޏަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ ދޯނި މިހާރު ދަތުރުކުރަމުން އަންނަނީ މާލެ އަށެވެ. އެ ދޯންޏާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ވެސް އަންނަނީ ދަތުރުކުރަމުންނެވެ.

comment ކޮމެންޓް