އިންޑިއާގައި ހެލްމެޓު ނާޅާ ކާރު ދުއްވި މީހަކު ޖޫރިމަނާކޮށްފި

އުއްތަރު ޕްރަދޭޝްގެ ޓްރެފިކް ފުލުހުން މީހަކު ޖޫރިމަނާކޮށްފައިވަނީ 500 ރުޕީސް އަށް -- ފޮޓޯ : އިންޑިއަންޓައިމްސް

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހަމީރުޕޫރު ޑިސްޓްރިކްޓުގައި، މީހަކު ހެލްމެޓު ނާޅައި ކާރު ދުއްވުމުގެ ސަބަބުން ޖޫރިމަނާކޮށްފި އެވެ.

އުއްތަރު ޕްރަދޭޝްގެ ފުލުހުން ބުނެފައި ވަނީ ޖޫރިމަނާކޮށްފައި ވަނީ ޕްރަޝަންތު ތިވާރީ ނަމަކަށް ކިޔާ މީހެކެވެ.

ޕްރަޝާންތު ޖޫރިމަނާކޮށްފައިވާކަން ވެސް އޭނާއަށް އެނގުނީ އޭނާއަށް ލިބުނު އީ-ޗައްލަން އަކުންނެވެ. އެ އީޗައްލަންގައި ބުނެފައި ވަނީ ހެލްމެޓަކާ ނުލާ މަހިންދްރާ ބޮލެރޯ ކާރު ދުއްވި ޕްރަޝާންތު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 30ގައި 500 ރުޕީސްއިން ޖޫރިމަނާކޮށްފައި ކަމަށެވެ.

އީ-ޗައްލަން އަކީ ޓްރެފިކް ގަވާއިދަކާ ހިލާފުވުމުން އަންނަ ޓެކްސްޓެކެވެ.

މީގެކުރީން ވެސް އެފަދަ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ޕިޔޫޝް ވާޝްނީ ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ އޭނާ ވެސް ވަނީ ޖޫރިމަނާ ކުރާތީ ކާރު ދުއްވާއިރު ހެލްމެޓް އަޅަން ފަށާފައި ކަމަށެވެ.

މޯޓަރު އުޅަނދުތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އުއްތަރު ޕްރަދޭޝްގެ ފުލުހުން ދަނީ އެކި ކަހަލަ ބަދަލުތައް ގެންނަމުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

comment ކޮމެންޓް