ޖެނިފާ ލޯރެންސް ނެޓްފްލިކްސް އަށް!

ޖެނިފާ ލޯރެންސް "ޕެސެންޖާ"ގެ ޕްރިމިއާގައި --- ފޮޓޯ : ވަރައިޓީ

ހޮލީވުޑްގެ އޭލިސްޓު ތަރިއެއް ކަމަށްވާ ޖެނިފާ ލޯރެންސް، ނެޓްފްލިކްސްގެ ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ އެންެމެ ބޮޑު އެއް ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްގައި ހޮލީވުޑްގެ ބޮޑެތި އާޓިސްޓުން ދަނީ ތަފާތު ފިލްމުތަކުންނާއި ޝޯތަކުން ފެންނަމުންނެވެ. އެހެންނަމަވެސް ޒުވާން އެކްޓްރެސް ޖެނިފާ މިހާތަނަށް ނެޓްފްލިކްސްގެ ބޮޑު ޕްރޮޖެކްޓަކުން ފެނިގެން ގޮސްފައެއް ނުވެއެވެ.

ނަމަވެސް ޖެނިފާ މިހާރު ތައްޔާރުވަމުން ދަނީ ކޮމެޑީ ފިލްމަކުން ދައްކާލުމަށެވެ. އެ ފިލްމަށް ކިޔަނީ "ޑޯންޓް ލުކް އަޕް" އެވެ.

ނެޓްފްލިކްސް އިން ވަނީ ފިލްމުގެ ޕްލޮޓުވެސް އާންމުކޮށްފައެވެ. އެގޮތުން އެ ފިލްމުން ފެނިގެންދާނީ ދުނިޔެއާ ދިމާލަށް ދަތުރުކުރަމުން އަންނަ އެސްޓްރޮއިޑް އަކާ ގުޅޭގޮތުން ދެ އެސްޓްރޯނަމާ އާންމުންނަށް މައުލޫމާތު ދޭން އުޅޭ މަންޒަރެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިއަހަރުގެ ފަހުކޮޅުގައި އެ ފިލްމު ނެރޭނެ ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.

ޖެނިފާ ލޯރެންސް އަކީ މިހާތަނަށް ހަތަރު ފަހަރު އޮސްކާ އެވޯޑްސްއަށް ނޯމިނޭޓްވެ އެއްފަހަރު އެވޯޑުވެސް ހޯދާފައިވާ ފަންނާނެކެވެ.

comment ކޮމެންޓް