ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

މިއަދު ހަވީރު ސައިކަލެއްގައި ހުޅުމާލެއިން މާލެއަށް ދާން ދިޔަ މީހަކު ކަހާލައިގެން ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މިއަދު ހަވީރު 15:40 ހާއިރު، ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އެމީހާގެ ބޮލުގެ ފުއްކިބައިން ފަޅައިގެން ގޮސް އަނގައިން ލޭ އަންނަ ކަމަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ އިރު އެކްސިޑެންޓުވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަިއވޭ މަތިން މީހަކު ކަހާލައި އެކްސިޑެންޓުވެފައިވާއިރު މިއަދު ހަވީރު ދަރުބާރުގެ އާއި މޫންލައިޓު ހިނގުން ގުޅުނު ކަންމަތިން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ކަހާލައިގެން ވެއްޓި ހޭނެތިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

comment ކޮމެންޓް