ފިރިމީހާ ދިން އަނގޮޓި ގެއްލުނީ އެމެރިކާއިން، ފެނުނީ ފިންލޭންޑުން!

އެ އަނގޮޓިއަކީ ޑެބްރާ މެކޭނާގެ އަނގޮޓިއެއް، އޭނާއަށް އެ އަނގޮޓި ދީފައިވަނީ އޭނާގެ ފިރިމީހާ --- ފޮޓޯ : ގާޑިއަން

އެމެރިކާގެ އަންހެނެއްގެ ހައި ސްކޫލު ކްލާސް އަނގޮޓި ގެއްލުނުތާ 47 އަހަރު ފަހުން ފިންލޭންޑުގެ ޖަންގައްޔަކުން ފެނިއްޖެ އެވެ.

ޑެބްރާ މެކޭނާ ނަމަކަށް ކިޔާ އަންހެނެއްގެ ކްލާސް އަނގޮޓި ގެއްލިފައި ވަނީ 1973ގައި ޕޯޓްލޭންޑުންނެވެ. އޭނާ އޭރު ކިޔަވަމުން ދިޔައީ މޯސް ހައި ސްކޫލުގަ އެވެ.

އަނގޮޓި ގެއްލިގެން އެތައް ދުވަހެއް ވަންދެއް އޭގެ މަތިން ހަނދާން ނެތިފައިވަނިކޮށް ޑެބްރާގެ ހަނދާން އާ ވީ މީހަކު އެ އަނގޮޓި ފިންލޭންޑުން ހޯދުމުންނެވެ. އެ އަނގޮޓި ފެނިފައި ވަނީ މެޓަލް ޑިޓެކްޓު ކުރާ މީހަކަށް، ފިންލޭންޑުގެ ޖަންގަލީގެ ބިމުގެ އަށް އިންޗި އަޑީންނެވެ.

އަނގޮޓި ފެނިފައިވާ ފިންލޭންޑުގެ ޖަންގަލި --- ފޮޓޯ : ގާޑިއަން

ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން ޑެބްރާ ބުނެފައި ވަނީ އޭނާގެ އަނގޮޓިއަކީ އޭނާގެ ކުރީގެ ފިރިމީހާ ޝޯން މެކޭނާގެ އަނގޮޓިއެއް ކަމަށެވެ. ދެމީހުންނަކީ ހައި ސްކޫލާއި ކޮލެޖު ދުވަސްވަރު އެކީގައި އުޅުނު ދެމީހުންނެވެ.

"ކޮލެޖަށް ދިޔުމުގެ ކުރީން ޝޯން އެ އަނގޮޓި އަހަރެންނަށް ދިނީ. އެކަމު އަހަރެން ހަނދާން ނެތިގެން އެ އަނގޮޓި ޑިޕާޓްމެންޓް ސްޓޯރެއްގައި ބޭއްވުނީ،" ޑެބްރާ ކިޔައިދިނެވެ.

އަނގޮޓިއާ ގުޅޭ ގޮތުން ޑެބްރާ ނޫސްވެރިންނަށް މައުލޫމާތު ދެނީ --- ފޮޓޯ : ގާޑިއަން

ޑެބްރާ ބުނީ އެ އަނގޮޓި އެނބުރި އޭނާއަށް ލިބުނު ދުވަހު އޭނާއަށް އުފަލުން ރޮވުނު ކަމަށެވެ.

ޑެބްރާ އާއި ޝޯން ކައިވެންޏަށް 40 އަހަރު ވިއިރު 2017 ވަނަ އަހަރުގައި ޝޯން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް