ޒަކަބާގް އާއި ސޭންޑްބާގް ފޭސްބުކް ދޫކޮށްލަން ގޮވާލައިފި

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އާއި އެކުންފުނީގެ ސީއޯއޯ ޝެރީލް ސޭންޑްބާގް --- ފޮޓޯ : ބްލޫމްބާގް

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އާއި އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝެރީލް ސޭންޑްބާގް، ފޭސްބުކް ދޫކޮށްލުމަށް، މަޝްހޫރު މަހުޖަނެއް ކަމަށްވާ މާކް ސޮރޯސް ގޮވާލައިފި އެވެ.

މަޝްހޫރު ފިލޭންތުރޮޕިސްޓެއް ކަމަށްވާ ސޮރޯސް، އެގޮތަށް ވިދާޅުވެފައި ވަނީ ފޭސްބުކްގައި ސިޔާސީ އިޝްތިހާރުތައް ބޭނުންކުރަމުން އަންނަ މައްސަލައާ ގުޅިގެންނެވެ.

ފޭސްބުކްގައި މައުލޫމާތު ކަށަވަރު ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ތަފާތު ހަބަރުތައް ފެތުރުމުގެ ފުރުސަތު ބޮޑު މައްސަލަ ވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މައްސަލައަކަށް ވެފަ އެވެ.

"މިފަދަ އިޝްތިހާރުތަކުގެ ސަބަބުން މިހާރު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑޯނަލްޑް ޓްރަމްޕް ފަދަ ބޭފުޅުންނަށް އަލުން މަގާމަށް އެރިދާނެ ގޮތްތައް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ސޮރޯސް މިހެން ވިދާޅުވެފައި ވަނީ، އިންޓަނެޓާ ގުޅޭ ގޮތުން ސަރުކާރުގެ ރެގިއުލޭޝަންތަކަށް ހާއްސަ ޕްރޮޕޯޒަލް އެއް ހުށަހެޅުމަށް ޒަކަބާގް ޔޫރަޕަށް ވަޑައިގަތުމަށް ތައްޔާރުވެފައިވާ ވަގުތެއްގަ އެވެ.

އެ ޕްރޮޕޯސަލްގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި މީޑިއާ އާއި ޓެލެކޮމް ފާމްތަކުން މިހާރު އަމަލުކުރަން ޖެހޭ ގަވާއިދުތަކަށް ބަދަލުތަކެއް ގެނައުން ހިމެނެ އެވެ. އެ ޕްރޮޕޯޒަލް އަށް ޔޫރަޕުގެ ގާނޫނު ހަދާ ފަރާތްތަކުންގެ ކިބައިން ވަނީ މީގެކުރީން ފިނި ތަރުހީބެއް ލިބިފަ އެވެ. ނަމަވެސް އެއަށް ބަދަލު ގެނެސް އަލުން ހުށަހެޅުމަށް ޒަކަބާގް ވަނީ ތައްޔާރުވެފަ އެވެ.

comment ކޮމެންޓް