ފިލަން މޫދަށް ފުންމާލި މީހެއްގެ އަތުން މަސްތުވާތަކެތި ހޯދައި ހައްޔަރުކޮށްފި

މޫދަށް ފުންމާލި މީހާގެ ދަބަހުން ހޯދި މަސްތުވާތަކެތި-- ފޮޓޯ: ފުލުހުން

ފިލަން މޫދަށް ފުންމާލިމީހެއްގެ އަތުން މަސްތުވާތަކެތި ހޯދައި އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އިއްޔެ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކ. މާފުށި ބަނދަރު ސަރަހައްދުން ހިފެހެއްޓި މީހަކު މޫދަށް ފުންމާލި ކަމަށެވެ.

އޭނާ މޫދަށް ފުންމާލި އިރު ކޮނޑުގައި އޮތް ދަބަސް ދޫކޮށްލުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ފުލުހުން ބުނީ މެރިން ޕޮލިސްގެ ޓީމް ޑައިވްކޮށްގެން އެ ދަބަސް ފަހުން ހޯދި ކަމަށެވެ.

އެ ދަބަހުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 12 ޕެކެޓް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް