މެދު ރާއްޖެތެރޭ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ

ރޭޕް އާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

މެދުރާއްޖެތެރޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޑިވިޝަންގައި ހިމެނޭ އަތޮޅުތަކުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ރޭޕް އާއި ޖިމްސީ ގޯނާގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ދޮން ބައްޕައަކު އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް މީގެ ދެ ހަފްތާ ކުރިން ފެންމަތިވެފައިވާ އިރު ގުރޫޕަކުން ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

މިފަދަ މައްސަލަ މައްސަލަތައް އަވަހަށް ނިންމައި، އިންސާފު ލިބުން އަވަސް ކުރުމަށް ގޮވާލާ އަޑު ވަނީ ގަދަވެފަ އެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެފަދަ ކަންކަމަށް ސަރުކާރުގެ އޮތީ، "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތެއް ކަމަށެވެ.

comment ކޮމެންޓް