އައްޑޫގައި ޑިކޯވި ފަތުރުވެރިއެއް މާލެ ގެންނަނީ

އެމްއެންޑީއެފްއިން ބަލިމީހަކު ހެލިކޮޕްޓަރުގައި މާލެގެންނަނީ-- ފޮޓޯ: އެމްއެންޑީއެފް

ފީނުމުގެ ތެރޭގައި ފަތުރުވެރިޔަކު ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑިކޯ)ވެގެން ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަނޑިހެރަ މަންތާ ޕޮއިންޓް އަށް ޑައިވިންއަށް ދިޔަ 57 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ޑިކޯވެގެން އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންނަން މިހާރު ތައްުޔާރުވަމުންދާ ކަމަށެވެ.

ޑިކޯވި ފަތުރުވެރިޔާ މިއަދު 11:15 ކަންހާއިރު ހެލިކޮޕްޓަރުގައި މާލެ ގެންނާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ފީނުމުގައި ޑިކޯވުމުގެ މައްސަލައަކީ ރާއްޖޭގައި އާންމު ކަމެކެެވެ. ނަމަވެސް ފަތުރުވެރިން ޑިކޯވުމުގެ މައްސަލަ ވަރަށް މަދުން ނޫނީ ދިމާނުވެއެވެ.

ޑިކޯވާ މީހުންނަށް އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބޭނުންކޮށްގެން ފަރުވާދޭން ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅުކަމެއް ނޫން ކަމަށް ބުނެ ހުވަދޫގެ މީހުން ވަނީ މުޒާހަރާކޮށްފައެވެ. ހުވަދޫމީހުންގެ ނަޒަރުގައި ޑިކޯއަށް ފަރުވާދޭން އެންމެ ރަނގަޅީ ހުވަދޫގައެވެ. އެއީ އެންމެ ގިނައިން ޑިކޯވުމުގެ މައްސަލަ ދިމާވަނީ ހުވަދޫގައި ކަމަށްވާތީއެވެ.

ޑިކޯވާ މީހުންނަށް މިހާރު ފަރުވާ ދެމުންދަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާތައް ބޭނުންކޮށްގެންނެވެ.

comment ކޮމެންޓް