"ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރާ ދުވަސް ހާމަކޮށްފި

ބަންޓީ އޯރް ބަބްލީ 2ގެ ޕޯސްޓަރެއް---

ދެހާސް ފަސް ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ"ގެ ސީކުއަލް ރިލީޒްކުރާ ތާރީހް ހާމަކޮށްފަ އެވެ.

އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޓްރެއިލާއެއް އަދި އާންމުކޮށްފައެއްނުވެ އެވެ. ފިލްމުގެ ދެވަނަ ބައިގެ ލީޑު ރޯޅުން ފެނިގެންދާނީ ސިދާންތު ޗަތުރްވެދީ އާއި ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރި ޝަރްވަރީ އެވެ. ސިދާންތު ވަނީ ނިމިދިޔަ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން)ގެ އެވޯޑް "ގަލީ ބޯއީ" އިން ކާމިޔާބުކޮށްފަ އެވެ.

މި ފިލްމުގެ ފުރަތަމަ ބައިގެ ލީޑު ރޯލުން ފެނިގެންދިޔައީ އަބީޝޭކް ބައްޗަން އާއި ރާނީ މުކަރްޖީއެވެ. ފިލްމުގެ ދެވަނަ ބައިން ވެސް ރާނީ ފެނިގެން ދިޔަ ނަމަވެސް އަބީޝޭކް އެއް ނުފެންނާނެ އެވެ. އަބީޝޭކްގެ ރޯލު ކުޅޭނީ ސައިފް އަލީ ހާންއެވެ.

އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވަރުން ވީ ޝަރްމާ އެވެ. މި ފިލްމުވެގެންދާނީ ރާނީ އާއި ސައިފް ސްކްރީނުން އެކުގައި ފެނިގެންދާ 11 ވަނަ ފިލްމަށެވެ.

comment ކޮމެންޓް