އިރުފާން ހާންގެ އެނބުރި އައުން އަވަސްވާނެ

ފިލްމުގެ މަންޒަރެއް--

ކެންސަރު ބައްޔަށް ފަރުވާކުރުމަށް ސްކްރީނުގެ ކުރިމަތިން ދެ އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށްފަހު އިރްފާން ހާންގެ ސްކްރީނުން ފެނިގެންދާ ފިލްމު "އަނގްރޭސީ މީޑިއަމް" ސްކްރީން ކުރާ ތާރީހު އަވަސްކޮށްފިއެވެ

މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. ޓްރެއިލާވެސް މިހާރު އާންމުކޮށްފައިވާ އެ ފިލްމު މިހާރު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

މި ފިލްމަކީ "ހިންދީ މީޑިއަމް"ގެ ސީކުއަލްއެކެވެ. ފިލްމާ ގުޅޭގޮތުން އިރްފާން ބުނީ މި ފިލްމަކީ ބެލުންތެރިން ހެއްވާލާ އަދި ރޮއްވާލާނެ ފިލްމެއް ކަމަށެވެ.

އިންޑިއާ އާއި އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގާފައިވާ އެ ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރު، ރަންވީރު ޝޯރޭ އަދި ރާދިލާ މަދަން އެވެ.

'ހިންދީ މީޑިއަމް' ގައި އިރްފާން އާއެކު ފެނިގެން ދިޔައީ ޕާކިސްތާނު އެކްޓަރު ސަބާ ޤަމަރެވެ. އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ދޯހަޅި ކަންކަމުގެ މައްޗަށް ބިނާކޮށް އުފެއްދި އެ ފިލްމަށް ބެލުންތެރިންނާއި ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ އިރްފާންގެ ދަރި މަތީ ތައުލީމު ހާސިލު ކުރުމަށް އެމެރިކާއަށް ގޮސް ދިމާވާ ކަންތައްތަކެވެ. ފިލްމުގައި އިރްފާންގެ ދަރީގެ ރޯލު އަދާކުރީ ރާދިކާ މަދަން އެވެ.

comment ކޮމެންޓް