ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފު 25 އަހަަރަށް ފަހު އިސްތިއުފާ ދެއްވައިފި

ޖުލައި 30، 2019: ޖެން ހޮޓެލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބީއެމްއެލްއަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ސީއޯއޯގެ މަގާމުން މުހައްމަދު ޝަރީފު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިއިރު ޝަރީފު ވަނީ ބީއެމްއެލްގެ އެކިއެކި އިސް މަގާމުތަކުގައި 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފަ އެވެ.

އޭގެ ތެރޭގައި ހެޑް އޮފް ކާޑް ސެންޓަރު، ރީޓެއިލް ބޭންކިން ޑިރެކްޓަރު އަދި އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.

ޝަރީފު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ މަނީ ލޯންޑްރިންގެ މައްސަލަތަކުގައި ސަރުކާރުގެ ބައެއް އޮފިޝަލުން ޝަރީފަށް ތުހުމަތުތަކެއްް ކުރި އެވެ.

comment ކޮމެންޓް