ބިގް ބޮސް 13 ކާމިޔާބުކުރީ ސިދާތް ޝުކްލާ

ސިދާތު ޝުކްލާ---

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ދުވަހު ދައްކަން ފެށި ބިގް ބޮސް 13، ހަތަރު މަސް ފަހުން ނިންމާލައި ޝޯ ކާމިޔާބުކުރި ތަރި އިއުލާންކޮށްފިއެވެ.

ކަލާޒް ޗެނަލުން ގެނެސްދިން ބިގް ބޮސް 13 ކާމިޔާބުކުރީ ކާމިޔާބު ޓީވީ އެކްޓަރު ސިދާތު ޝުކްލާ އެވެ. އޭނާ ޝޯ ކާމިޔާބު ކުރީ ގަދަ ތިނަކަށް ގޮސް އާސިމް ރިއާޒާއި ޝެހްނާޒް ގިލް (ސަނާ) ބަލިކުރުމަށްފަހުއެވެ.

"ބިގް ބޮސް 13" ގެ ފިނާލޭ އަށް ދިޔައީ ގަދަ ހަ ބައިވެރިންނާ އެކީގަ އެވެ. އެއީ ސިދާތާއި އާސިމާއި ސަނާ އާއި ރަޝްމީ އާއި އާރްތީ އާއި ޕާރަސް އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝޯގެ މޮޅު ހައްގީ އާސިމް އަށެވެ. ޝޯގައި ސިދާތުއަށް ސަލްމާން ފޭވަކުރާ ވާހަކަ ވެސް ޝޯ ބެލި ބައެއް މީހުން ފާހަގަކުރިއެވެ.

ސިދާތު އެ ޝޯ ކާމިޔާބުކުރުމުން ވަނީ ބިގް ބޮސް ޓްރޮފީ އާއި 40 ލައްކަ ރުޕީސް ލިބިފައެވެ.

ޝޯގެ މުއްތަދުގެ ތެރޭގައި ވައިލްޑް ކާޑުގެ ދަށުން ވެސް އެކިއެކި ސެލެބްރިޓީންނަށް ފުރުސަތުތަކެއް ވަނީ ދީފައެވެ. ނަމަވެސް ވައިލްޑް ކާޑުގެ ދަށުން ޝޯ އިން ފުރުސަތު ލިބުނު އެއްވެސް ބައިވެރިއަކަށް ފައިނަލް އާ ހަމައަށް ދަތުރުކުރެވިފައެއް ނުވެއެވެ

comment ކޮމެންޓް
ގުޅޭ ޚަބަރު