ފިލްމުފެއާ މިފަހަރު ކަހާލީ "ގަލީ ބޯއީ"

ފިލްމުގެ މަންޒަރެއް---

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 65 ވަނަ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ޒޯޔާ އަޚްތަރުގެ "ގަލީ ބޯއީ" ހޮވިއްޖެ އެވެ.

އާލިއާ ބަޓް އާއި ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ވަނީ 13 އެވޯޑަކަށް ނޯމިނޭޓްވެފަ އެވެ. ގަލީ ބޯއީ އެންމެ މޮޅު ފިލްމުގެ އެވޯޑު ގެންދިޔައީ "ޗިޗޯރޭ"، "މިޝަން މަންގަލް"، "އޫރީ : ދަ ސާޖިކަލް ސްޓްރައިކް" އަދި "ވޯ" ފަހަތަށް ޖައްސާލުމަށްފަހު އެވެ.

އެ ފިލްމު އުފުލާލި އެވޯޑުގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު ބަތަލާ އަދި ބަތަލުގެ އެވޯޑު ހިމެނެ އެވެ. އަދި ސަޕޯޓިން ބަތަލު (ސިދާންތު ޗަތުރަވެދީ)، މޮޅު ސަޕޯޓިން ބަތަލާ (އަމްރުތާ ސުބާޝް) ގެ އިތުރުން އެ ފިލްމަށް ވަނީ ސްޓް މިއުޒިކް އަލްބަމް، މޮޅު ޅެން (އަޕްނާ ޓައިމް އާއެގާ)، މޮޅު ސްކްރީންޕްލޭ، މޮޅު ޑައިލޮގް، މޮޅު ސިނަމަޓޯގްރަފީ، މޮޅު ބެކްގްރައުންޑް ސްކޯ އަދި މޮޅު ޕްރޮޑަކްޝަން ޑިޒައިން ގެ އެވޯޑް ވެސް ލިބިފަ އެވެ.

"ގަލީ ބޯއީ"ގައި ރަންވީރު ފެނިގެންދާނީ "މުރާދު" ކިޔާ އިންޑިއާގެ މުމްބާއީގެ ސުލަމްއެއްގައި ދިރިއުޅޭ ރެޕާ އެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ. މިދިޔަ އަހަރު ބޭއްވި ސްޓާ ސްކްރީންގެ އެވޯޑުގައި ވެސް އެންމެ ގިނަ އެވޯޑް ނެގީ މި ފިލްމުންނެވެ.

comment ކޮމެންޓް