ކޮށީގައި ފާނަ ބޮޑުކުރުމުގެ މަޝްރޫއެއް އދ. އަތޮޅުގައި ފަށަނީ

ފާނަ--

ކޮށީގައި ފާނަ ބޮޑުކުރުމުގެ މަޝްރޫއެއް އދ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ވަރލްޑް ބޭންކާ ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން ހިންގާ ތަޖުރިބާގެ މަޝްރޫއެއް ކަމަށެވެ.

މިއީ އިގުތިސާދު ކުރިއެރުވުމާއި އާމުދަނީ އިތުރުކުރުމާއި ވަޒީފާ އުފެއްދުމުގެ ވަސީލަތެއްގެ ގޮތުގައި، އަމާޒުކުރެވޭ އަތޮޅުތަކެއްގައި މެރިކަލްޗާ ތަރައްގީކުރުމުގެ މަގްސަދުގައި ހިންގާ މަޝްރޫއެއް ކަަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫޢުގެ ދަށުން، އދ. އޮމަދޫ، ދިގުރަށް، ދަނގެތި އަދި މަހިބަދޫގެ ގޭ ބިސީތަކަށް ފާނަކޮށީގެ މިލްކުވެރިކަން ހޯދުމަށް އިއުލާންކޮށް ޖުމްލަ 19 ފަރާތަކަށް މިދިޔަ މަހު ފާނަކޮށި ދޫކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ފާނަ ކޮށި ލިބިފައިވާ ފަރާތްކަށާއި، އެ މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހާއްސަކޮށްގެން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހަށް އދ. މަހިބަދޫގައި ބިޒްނަސް ޓްރެއިނިންގްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ޓްރެއިނިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އދ. އަތޮޅުގެ ރައްޔިތުން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް އދ. އަތޮޅު ކައުންސިލުގައި ނަން ލިސްޓު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް