އަލިފާން ރޯވި ޕްރެސައިޑް ގޭގެ މީހުންނަށް ޑިޒާސްޓާއިން އެހީވެދީފި

ގ. ޕްރެސައިޑް ގޭގައި ރޯވެފައި-- ސަން ފޮޓޯ

ރޭ އަލިފާނުގެ ހާދިސާ ހިނގި ގ.ޕްރެސައިޑް ގޭގެ އެއްވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި އުޅުނު މީހުންނަށް ޑިޒާސްޓާ މޭނޭޖްމަންޓް އޮތޯރިޓީއިން އެހީވެދީފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގެޒެކިއުޓިވް ހިސާން ހަަސަން "ސަން" އަށް މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އެޕާޓްމަންޓްގައި އަދި އުޅެން ރައްކާތެރިނޫން ކަން ކަނޑައަޅާފއިވާ ކަމަށެވެ.

އެހެންކަމުން އެތަނުގއި ދިރުއުޅުނު ހަ ފިރިހެނުންނަށް ދެ ރޭ ވަންދަން އެހެން ތަނެއްގައި ހުރުމުގެ ހަރަދު ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ހަ މީހުން ތިން ކޮޓަރި ކުއްޔަށް ހިފީ. އެހެންވެ އަޅުގަނޑުމެން ދިނީ ކޮންމެ ކޮޓަރިއަކަށް ރެއަކާ ދުވާލަށް 650 ރުފިޔާ. އަލިފާން ރޯވީ ސިޓިން ރޫމްގައި ހުންނަ ޑީ ބޯޑްގައި. އަލިފާން ހިފުމުން އަންނައުނާ އެއްޗެތި އެނދީ. ކޮޓަރިއަށާއި ފާހާނާއަށް މާބޮޑު ގެއްލުމެއް ނުވޭ،" ހިސާން ވިދާޅުވި އެވެ.

އަންނައުނުތައް އެނދުމުން ބަދަލުގައި ކޮންމެ މީހަކަށް 1500 ރުފިޔާ ދީފައިވާ ކަަމަށްވެސް ހިސާން ވިދާޅުވި އެވެ.

އެ އެޕާޓްމަންޓްގެ ކަރަންޓް ބޯޑު މަރާމާތުކުރުމަގެ މަސައްކަތް މިއަދު ކުރާނެކަމަށް ހިސާން ވިދާޅުވި އެވެ.

comment ކޮމެންޓް