ހުޅުމާލޭގެ ބާބަކިއު ސަރަަހައްދު ވަގުތީގޮތުން ބަންދުކުރަނީ

ހުޅުމާލެ ބާބަކިއު ސަރަހައްދު-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ބާބަކިއު ސަރަަހައްދު ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ންް ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެ ފޭސް އެެކެއް އަދި ދޭއް ތަރައްގީ ކުރުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ ގޮތުން ބާބަކިއު ސަަރަހައްދުގައި ހުންނަ ތަކެތި ނެގުމަށް ނިންމާފައިވާ ކަަމަށެވެ.

އެ ސަރަހައްދުގައި ބާބަކިއު ޕިޓްއާއި ގޮނޑި މޭޒު ހުރެއެވެ.

އެހެންކަމުން ސާފުކުރުމަށްޓަކައި މާދަމާއިން ފެށިގެން އެ ސަރަހައްދު ބަންދުކުރާނެކަމަށް އެޗްޑީސީން ބުންޏެވެ.

އެ ސަރަހައްދު އަލުން ހުޅުވާނެ ތާރީހެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.

ބާބަކިއު ސަރަހައްދަކީ އާންމުކޮށް އާއިލާތަކާއި ޒުވާނުން ރޭގަނޑާއި ހަވީރު ޖަމާވެ ތަފާތު ކާ އެއްޗެތި ތައްޔާރުކޮށް ހަދާ ތަނެކެވެ.

ހުޅުމާލެ ފުރަތަ ފިޔަވައްސާ، އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖް އަންނަ މަހު ނޫނީ އޭޕްރީލްމަހަށް ނިންމަން އެޗްޑީސީން މިހާރު ދަނީ މަސައްކަތްވެސް ކުރަމުންނެވެ.

comment ކޮމެންޓް