ޓުވިޓާގެ މެސެޖުތަކުން ބަރަހަނާ ފޮޓޯތައް ބްލޮކްކުރާ ފިލްޓާއެއް ތައާރަފްކޮށްފި

ޓުވިޓާ

ޓުވިޓާގެ މެސެޖުތަކުން ބަރަހަނާ ފޮޓޯތައް ބްލޮކްކުރާ ފިލްޓާއެއް ތައާރަފްކޮށްފި އެވެ.

އިއްޔެ ޓުވިޓާ އިން ތައާރްފްކުރި ސޭފް ޑީއެމް ނަމަކަށް ކިޔާ ޕްލަގިންއަކުން، ޓުވިޓާގައި މީހުން ފޮނުވާ މެސެޖުތަކުގައި ބަރަހަނާ ފޮޓޯ ހިމެނޭ ނަމަ ސްކޭންކޮށް ރިމޫވްކޮށްލަ އެވެ.

އެ ޕްލަގިން ޑިވޮލޮޕްކުރި ކެލްސީ ބްރެސްލާ ވިދާޅުވީ އެ ޕްލަގިން ޑިވޮލޮޕްކުރުމުގެ ހިޔާލު އައީ އޭނާއަށް ފިރިހެނެއްގެ ބަރަހަނާ ފޮޓޯއެއް ޓުވިޓާއިން ލިބިގެން ކަމަށެވެ.

އެ ފިލްޓާ އެހެން ސޯޝަލް މީޑިއާތަކަށް ވެސް ރޯލްކުރުމަށް މިހާރު ވާހަކަ ދެެކެވަމުންދާކަަށް އޭނާ ވިދާޅުވި އެވެ.

އެ ފިލްޓާ ޑިވޮލޮޕްކުރި ޓީމުން ބުނީ 99 ޕަސެންޓް ފަހަރު ބަރަހަނާ ފޮޓޯތައް ބްލޮކްކުރާ ކަމަށެވެ.

އެ ފިލްތާ ތައާރަފްކުރިޔަސް މިއީ ހަމައެކަނި އިހްތިޔާރީ އެއްޗެކެވެ. އެ ފިލްޓާ ބޭނުންވާ މީހުން ޖެހޭނީ އެ ޕްލަގިން އަޅާށެވެ.

ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބަރަހަނާ ފޮޓޯތައް ފޮނުވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.

comment ކޮމެންޓް