ތޮއްޑޫގައި ހަދަމުން ދިޔަ ގެސްޓު ހައުސްއަކަށް ގެއްލުންދީފި

އއ. ތޮއްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އއ. ތޮއްޑޫގައި ހަދަމުންދިޔަ ގެސްޓު ހައުސްއަކަށް ބަޔަކު ގެއްލުންދީފިއެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ ގެސްޓުހައުސްގެ އޯނަރު"ސަން" އަށް މިރޭ ވިދާޅުވީ އެތަނަށް ގެއްލުންދިނީ އެތަން ނިމެން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

" ހުރީ ފާރުނީޗަރުތަކަށް ދަވާދާއި ކުލަ ޖަހާފައި.ލިބުނު ގެއްލުން 30،000 އަށް އަރާނެ ކަަމަށް ބެލެވޭ. މިއީ ހަ ކޮޓަރީގެ ގެސްޓު ހައުސްއެއް" އޯނަރު ވިދާޅުވި އެވެ.

ލޯކަލް ޓުއަރިޒަމްގައި ފާހަގަކޮށްލެވޭ ތޮއްޑޫގައި 400 އެއްހާ އެނދު ހުރެއެވެ.

comment ކޮމެންޓް