ބިދޭސީންތަކެއް މަރާމާރީ ހިންގައި، އެކެއްގެ ބޯފަޅާލައިފި

ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން: ބިދޭސީންގެ މެދުގައި މާރާމާރީއެއް ވަނީ ހިނގާފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަދު މާލޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައި، އެކެއްގެ ބޯފަޅާލައިފި އެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ، މިއަދު މެންފުރު 3:45 ހާއިރު އެވެ.

ފުލުހުން ބުނީ އަމީނީ މަގު، މީރާ ކުރިމަތީ ގޯޅިގަނޑުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިނގި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

"މި މާރަމާރީގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވޭ، އަދި އިތުރު ބިދޭސީއެއްގެ ކޮނޑުހުޅަށް އަނިޔާ ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި މާރަމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ އެއް ނުކުރެެއެވެ.

މިއަދު ބިދޭސީންތަކެއް މެދުގައި މާރާމާރީއެއް ހިނގާފައިވާއިރު، މިދިޔަ އާދިއްތަ ދުވަހުވެސް މާލޭގައި ދެ ބިދޭސީންގެ މެދުގައި މާރާމާރިއެއް ހިންގާފައިވެއެވެ.

https://sun.mv/131277

comment ކޮމެންޓް