ތިން ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރަށެއްގެ މަގުމަތީގައި ބަޔަކު ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތެރޭއަހަރުން ދަށުގެ ތިން ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލަގައި ޖިންސީ ގޯނާގެ ޝިކާރަކަށްވީ، ހަތް އަަހަރާއި 10 އަހަރުގެ ދެ އަންހެން ކުއްޖަކާއި 13 އަހަރުގެ ފިރިހެން ކުއްޖަަކަށެވެ.

ފުލުހުން މިއަދު ބުނީ، އަޕާ ނޯތް ޕޮލިސް ޑިވިޝަން (ހއ. ހދ. ށ އަތޮޅުތައް ހިމެނޭ ޑިވިޝަން) ގައި ހިމެނޭ ރަށެއްގައި ތިން ކުޑަކުދިންނަށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުދަ ދުވަހު ހުށަހެޅި ކަމަށެވެ.

"މި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް ޖިންސީ ގޯނާގެ 75 މައްސަލައެއް ވަނީ އެ މުއައްސަސާއަށް ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް 25 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ.

comment ކޮމެންޓް