މާފުށީގައި ހުންނަ ކުރީގެ އިސްލާހިއްޔާ އިމާރާތުގައި ރޯވެ އަނދައިފި

މާފުށީގައި ހުންނަ އިސްލާހިއްޔާ އިމާރާތުގައި އަލިފާން ރޯވެ އަނދަނީ -- ފޮޓޯ/ ޕޮލިސް

ކ. މާފުށީގައި ހުރި، ކުރީގެ ކުޑަކުދިންގެ މަރުކަޒު ނޫނީ އިސްލާހީ އިމާރާތުގައި ރޯވެ އަނދައިފި އެވެ.

މިހާރު ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އެ އިމާރާތުގައި ރޯވެފައި ވަނީ، މިއަދު ހެނދުނު 9:15 އެހާކަންހާއިރު އެވެ. ސިފައިން ބުނީ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މާފުށީގައި ހުންނަ އިސްލާހިއްޔާ އިމާރާތުގައި އަލިފާން ރޯވެ އަނދަނީ -- ފޮޓޯ/ ޕޮލިސް

ފުލުހުން ބުނީ އާންމު ރައްޔިތުންނާއި ގުޅިގެން ކުރި މަސައްކަތުން މިހާރު އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވީ ޓިނުން ހަދާފައި ހުރި އިމާރާތެއްގައި ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އެ އިމާރާތުގައި އަލިފާން ރޯވުމުގެ ސަބަބުން، އެތަން ވަނީ ވަރަށް ބޮޑު ބައި އަނދައިފަ އެވެ. އެ އިމާރާތް ބޭނުން ނުކޮށް ފަޅަށް ހުންނަތާ ވަނީ އެތައް އަހަރުތަކެއް ވެފަ އެވެ.

މާފުށީގައި ހުންނަ އިސްލާހިއްޔާ އިމާރާތުގައި އަލިފާން ރޯވެ އަނދަނީ -- ފޮޓޯ/ ޕޮލިސް

ފުލުހުން ބުނީ، މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.

comment ކޮމެންޓް