އެސްޓީއޯއިން ޑީސަލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ހެޔޮ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ، ޑީސަލް ލީޓަރަކުން މިއަދުން ފެށިގެން 30 ލާރި ހެޔޮ ކުރަން އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އެއާ، އެކު ޑީސަލް ލީޓަރެއް އެ ކުންފުނިން މިއަދުން ފެށިގެން ވިއްކާނީ، 10.89 ރުފިޔާއަށެވެ.

މިފަހަރު ޑީސަލްގެ އަގު ހެޔޮ ކުރިނަމަވެސް އެ ކުންފުނިން ވިއްކާ، ޕެޓްރޯލުގެ އަގަށް ބަދަލު ނުގެނެ އެވެ. ޕެޓްރޯލް ލީޓަރެއް އެ ކުންފުނިން ވިއްކަނީ 10.13 ރުފިޔާ އަށެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ވަނީ ހެޔޮ ކޮށްފ ވެއެވެ. ފާއިތުވި އަހަރު ސައުދީ އަރަބިއްޔާގެ ތެޔޮ ޕްރޮސެސް ކުރާ މަރުކަޒަކަށް ދިން ހަމަލާ އާއި މިއަހަރު މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުން ތަކުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިޔަ ނަމަވެސް، އެސްޓީއޯއިން ވަނީ ރާއްޖޭގައި ތެޔޮ ގަންނަން ލިބޭ އަގަށް ބަދަލެއް ނުގެނެސް ހިފަހައްޓާފަ އެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު މީގެ ކުރިން ވިދާޅުވީ، ތެލުގެ ބާވަތްތައް ހެޔޮ އަގުގައި މެދުކެނޑުމެއްނެތި ރާއްޖޭގެ ބާޒާރުން ލިބެން ހުރުމަކީ އެކުންފުނީގެ މައިގަނޑު އެއް އަމާޒުކަމަށެވެ.

comment ކޮމެންޓް