ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން ތިން މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަނެއްގައި ފުލުހުން މީހަކު ހައްޔަރުކުރަނީ --- ފައިލް ފޮޓޯ/ ޕޮލިސް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން ތިން މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ ނުވަވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ދެ ގެއަކާއި ދެ ފުލެޓެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

"މި ތަންތަން ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 24 ސެލޯފިން ކޮޅާއި ފިލްމު ހުސްކުރި 16 ދަޅުގެ އިތުރުން ދެ ރަބަރު ޕެކެޓު [ބޮޑު] ވަނީ ފެނިފައި." ފުލުހުން ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް