އޭޝިއާ ފައުންޑޭޝަންއިން ދެ އަަހަރުތެރޭ 3620 ފޮތް ހަދިޔާކުރި

އޭޝިއާ ފައުންޑޭޝަންގެ އަގު ވަޒަން ކުރުމަށް ބޭއްވި ހަފްލާގެ ތެެރެއިން--- ފޮޓޯ: ފީމް

ފާއިތުވި ދެއަަހަރު އޭޝިއާ ފައުންޑޭޝަންގެ ފަރާތުން ރާއްޖެއަށް 3620 ފޮތް ހަދިޔާކޮށްފައިވާ ކަމަށް ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)އިން ބުނެފި އެެވެ.

ފީމްގެ ސެކެޓްރީ ޖެނެރަލް ޑރ. އާމާލް އަލީ "ސަން" އަށް ވިދާޅުވީ އޭޝިއާ ފައުންޑޭޝަންއިން މުޅިންވެސް ހަދިޔާ ކޮށްފައިވަނީ ޓެކްސް ފޮތްތަކާއި "ސެލްފް ހެލްޕް" ފަދަ ފޮތްތައް ކަމަށެވެ.

މިއީ މުޅިންވެސް ޔުނިވާސިޓީ ފެންވަރުގެ ލެވަލްއަށް ބޭނުންވާ ޓެކްސްޓްފޮތްތަކެއް ކަަމަށް ޑރ. އާމާލް ވިދާޅުވި އެވެ.

" އެ ބޭފުޅުން ހިލޭ ފޮތްތައް މިދެނީ. ހަމައެކަނި އަޅުގަނޑުމެން ދައްކަވަން ޖެހެނީ ފޮތްތައް ރާއްޖެއަށް ގެނައުމަށް ކުރަން ޖެހޭ ހަރަދު. މީގެ ކުރިންވެސް އޭޝިއަން ފައުންޑޭޝަން ވަނީ ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ފޮތް ހަދިޔާކޮށްފައި" ޑރ. އާމާލް ވިދާޅުވިއެެވެ.

އޭޝިއާ ފައުންޑޭޝަން މެދުވެރިކޮށް ލިބޭ ފޮތްތައް ރާއްޖޭގެ ކޮލެޖިތަކާއި ޔުނިވާސިޓީތަކަށް ބަހަނީ ފީމްއިންއެވެ.

އޭޝިއާ ފައުންޑޭޝަންގެ އިސް ބޭފުޅަކު މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާތީ އެ ޖަމިއްޔާގެ އަގު ބަޒަން ކުރުމަށް ދާދި ފަހުން ފީމްއިން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައި އެ ޖަމިއްޔާއަސް ޝުކުރު ދަންނަވައިފައެއެވެ.

comment ކޮމެންޓް